Mufeed
Wednesday, May 6, 2015
ކޯޕަރޭޓިވް ލާނިންގެ ބައެއް މެތަޑްތައް
ކޯޕަރޭޓިވް ލާރނިންގެ ބައެއް
މެތަޑްތައް
ކޯޕަރޭޓިވް ލާރނިންގ އާއި ބެހޭގޮތުން މިފަދަ
މަޒުމޫނެއް ލިޔާއިރު، ކޯޕަރޭޓިވް ލާރނިންގެ މެތަޑްތައް ނުވަތަ ސްޓްރެޓެޖީތައް
ހިމެނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އެފަދަ ބައެއް މެތަޑް މިތަނުގައި
ހިމަނައިލީމެވެ.
ތިންކް-ޕެއަރ-ޝެއަރ:
މި މެތަޑަކީ
ދަރިވަރުން ދެވިފައިވާ ސްވާލުތަކަށް މުޅި ކުލާހަށް ޖަވާބު ދިނުމުގެ ކުރިން ކުދިން
އަމިއްލައަށް ނުވަތަ ކުދި ގްރޫޕް ތަކުގައި ވިސްނުމަށް ގެންދެވޭ ޙަރާކާތެކެވެ. މި
މެތަޑްގައި ހަތަރު ފިޔަޅެއް އޮވެއެވެ. ފުރަތަމަ ފިޔަވަޅުގައި ދަރިވަރުން ހަތަރު
ކުދިންގެ ގްރޫޕްގައި ތިބެ މުދައްރިސްގެ ސުވާލު އަޑުއަހާނީއެވެ. ދެވަނަ ފިޔަޅުގައި
ކޮންމެ ކުއްޖަކުވެސް އެ ސުވާލާމެދު ވިސްނައި ޖަވާބު ލިޔުމަށް ވަގުތު
ކޮޅެއްދޭނީއެވެ. ތިންވަނައަށް، ދަރިވަރުން ލިޔުނު ޖަވާބުތައް ދެކުދިންގެ
ގްރޫޕްތަކުގައި ކިޔައި އެއާއިމެދު މަޝްވަރާ ކުރާނީއެވެ. ހަތަރުވަނަ ފިޔަވޅުގައި ދެތިން
ކުދިން މުދައްރިސްކައިރިއަށް ގެނެސް އެދަރިވަރުންގެ ޙިޔާލުތަކާއި ވިސްނުންތައް
ކުލާހާ ޙިއްޞާ ކުރާނީއެވެ.
ތްރީ-ސްޓެޕް އިންޓަވިއު:
މި މެތަޑަކީ ވަކި
ޚާއްޞަ ރަނގަޅު ޖަވާބެއް ނެތް މައްސަލަތައް ހައްލުކުމުގައި ބޭނުންކުރަން ވަރަށް
މުހިންމު މެތަޑެކެވެ. މައްސަލަ ހައްލުކުރުމުގެ ތިން ފިޔަވަޅެއް މި މެތަޑްގައި
ވެއެވެ. ފުރަތަމަ ފިޔަވަޅުގައި، ތަފާތު ޙިޔާލުތައް ހިމެނޭ އަދި ތަފާތު ސްވާލުތައް
އުފެދޭ މައްސަލައެއް މުދައްރިސް ކުލާހަށް ހުށަހަޅާނީއެވެ. ދެވަނަ ފިޔަވަޅުގައި
ދެކުދިންގެ ގްރޫޕް ތަކުގައި އިންޓަވިއު ކުރާނީއެވެ. ތިންވަނަ ފިޔަވަޅުގައި،
ފުރަތަމަ އިންޓަވިއު ނިމުމުން އިންޓަވިއު ކުރާކުއްޖާއާއި އިންޓަވިއު ކުރެވޭ ކުއްޖާ
ބަދަލުކޮށްލާނީއެވެ. ދެކުދިންގެ އިންޓަވިއު ނިމުމުން ކޮންމެ ދެކުއްޖެއްގެ
އިންޓަވިއު ކުލާހަށް ހުށަހަޅާނީއެވެ. ހުރިހާ އިންޓަވިއުތަކެއް ނިމުމުން އިންޓަވިއުގެ
ނަތީޖާގެ މައްޗަށ ބިނާކޮށް ކުލާހުން ސަމަރީ ރިޕޯޓެއް ލިޔާނީއެވެ.
ރައުންޑް ޓޭބަލް ނުވަތަ ރެލީ
ޓޭބަލް:
ރައުންޑް ޓޭބަލަ
ނުވަތަ ރެލީ ޓޭބަލް އަކީ، ކޮންޓެންޓްގެ ވަރަށް ބޮޑުބައި ކަވަރކުރެވޭ، ޓީމް ރޫހް
އާލާވާ އަދި ލިޔުމުގެ ފުރުޞަތު ލިބޭ ކޯޕަރޭޓިވް ލާރނިންގެ އަސާސީ އޮނިގަނޑެކެވެ. މި
މެތަޑަކީވެސް ތިން ފިޔަޅެއްގެ މައްޗަށް ބިނާވެފައިވާ މެތަޑެކެވެ. ފުރަތަމަ
ފިޔަވަޅުގައި މުދައްރިސް ތަފާތު ގިނަ ޖަވާބުތަކެއް އެކުލެވޭ ސުވާލެއް
ހުށަޅާނީއެވެ. ދެވަނަ ފިޔަވަޅުގައި، ކޮންމެ ގްރޫޕެއްގެ ވެސް ފުރަތަމަ ދަރިވަރު
ޖަވާބު ލިޔެ ކައުންޓަރ ކްލޮކްވައިސް އަށް ވާގޮތަށް ޕާސް ކުރާނީއެވެ. ތިންވަނަ
ފިޔަވަޅުގައި އެންމެ ގިނަ ޖަވާބު ރަނގަޅު ކުރި ގުރޫޕް ފާހަގަ ކުރަނީއެވެ.
ގްރޫޕް އިންވެސްޓިގޭޝަން:
ގްރޫޕް
އިންވެސްޓިގޭޝަން މެތަޑް ތައްޔާރުކުރެވިފައިވަނީ، ވަޒަންކުރުމާއި ތަޙްލީލް
ކުރުންފަދަ މަތީ ދަރައިގެ ވިސްނުމުގެ ހުނަރަށް މަގުފަހި ކުރުމަށްޓަކައެވެ. މިމެތަޑްގައި
ދަރިވަރުން ކުރާނީ ގްރޫޕް ޕްރޮޖެކްޓްފަދަ އެއްޗެހި ތައްޔާރުކުރުމެވެ.
ސްޓޫޑެންޓް ޓީމުސް-އެޗީވްމެންޓް
ޑިވިޝަންސް: (STAD)
މި މެތަޑް ބޭނުން
ކުރެވޭނީ ގްރޭޑް 2 އިން ގްރޭޑް 12 އަށެވެ. އުނގެނުމުގެ ތަފާތު އެބިލިޓީގެ
ދަރިވަރުންގެ 4 ނުވަތަ 5 ދަރިވަރުންގެ ޓީމް ތަކެއް ހަދައި މުދައްރިސް
ކިވައިދެއްވާފައިވާ ތަކެތި އެއްކުއްޖަކު އަނެއްކުއްޖައްކަށް އޮޅުންފިލުވައިދެވެއެވެ.
އެއަށްފަހު ވަކި ވަކިން ދަރިވަރުން ޓެސްޓް ކުރެވެއެވެ. ދަރިވަރުންގެ މަސައްކަތް
ބަލައިގަތުމުގެ ގޮތުން ކޮންމެ ޓީމަކަށްވެސް ސެޓިފިކެޓެއް ދެވެއެވެ.
ޖިގްސޯ II
މި މެތަޑް
ބޭނުންކުރެވެނީ މުދައްރިސް ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު، ގްރޭޑް 3 އިން 12
އަށް ކިޔަވައި ދިނުމަށެވެ. ޓީމްގެ ކޮންމެ މެންބަރަކުވެސް ފިލާވަޅުގެ ސުރުޙީއިން
ބައެއް ދަސްކުރުމުގެ މަސްޢޫލިއްޔަތު އުފުލަން ޖެހެއެވެ. ދަރިވަރުން އެކްސްޕާޓް
ގްރޫޕްތަކަށް ގޮސް ދަސްކުރިއެއްޗެއް ހޯމް ގްރޫޕަށް އައިސް އެގްރޫޕްގެ ކުދިންނަށް
ކިޔައިދޭންޖެހެއެވެ.
ރައުންޑް ރޮބިން ބްރެއިން
ސްޓޯމިންގ ނުވަތަ ރެލީ ރޮބިން:
މި މެތަޑްގައި ކުލާސް
4 ކުދިންގެ ނުވަތަ 6 ކުދިންގެ ގްރޫޕްތަކަކަށް ބަހާލައި ކޮންމެ ގްރޫޕަކަށްވެސް
ރެކޯޑަރ އެއް އައްޔަން ކުރެވެއެވެ. ވަރަށް ގިނަ ދެވިދާނެ ޖަވާބުތަކަކާއެ
މުދައްރިސް ސުވާލެއް ހުށަހަޅައެވެ. އަދި ދަރިވަރުން ވިސްނުމަށްޓަކައި ވަގުތު
ދެވެއެވެ. ވިސްނުމުގެ ވަގުތައްފަހު ޓީމް މެންބަރުން ޖަވާބުތައް ހިއްސާކުރެއެވެ.
ޓީމްގެ ހުރިހާ މެންބަރުންގެ ޖަވާބުތައް ރިކޯޑަރ ލިޔަމުންގެންދެއެވެ. ރިކޯޑަރ އާއި
ޖެހިގެން ކްލޮކްވައިސް ކޮށް އިންނަކުއްޖާ ޖަވާބު ދިނުމުން ރިކޯޑަރ ލިޔަމުން
ގެންދެއެވެ. މި މެތަޑާއި ރައުންޑް ޓޭބަލް މެތަޑް ވަރަށް އެއްގޮތެވެ. ނަމަވެސް މި
މެތަޑްގެ ތަފާތަކީ މިމެތަޑްގައި ހުރިހާއެއްޗެއްވެސް ލިޔަނީ އެއްކުއްޖަކަށް
ވާކަމެވެ.
ތްރީ މިނެޓް ރިވިއު:
މި މެތަޑްގައި
މުދައްރިސް ލެކްޗަރ ނުވަތަ މަޝްވަރާ މެދު ކަނޑާލުމަށްފަހު ގްރޫޕްގައި ރިވިއު
ކުރުމަށްޓަކައި ތިން މިނެޓްގެ ވަގުތު ކޮޅެއްދެވެއެވެ. ނޭނގޭ އެއްޗެއް އޮތްނަމަ
ގްރޫޕްގެ އެހެން ކުދިން ގާތުން އޮޅުންފިލުވައެވެ. އަދި އެހެން ކުދިންގެ
ސުވާލުތަކަށް ޖަވާބު ދެއެވެ.
Zainab bint Khuzaima
When a Muslim is allowed
to marry a maximum of four wives, how is it that Prophet Muhammad (pbuh) had
eleven wives?
Answer.
The Qur’an, in Surah
Nisa, chapter 4 verse 3, states that a Muslim is allowed to marry a maximum of
only four wives. Another verse in the Qur’an makes Prophet Muhammad (pbuh) an
exception to this rule.
In Surah Ahzab chapter
33 verse 52:
"It is not lawful
for thee (to marry more) women after this, nor to change them for (other)
wives, even though their beauty attract thee, except any thy right hand should
possess (as hand maidens) and Allah doth watch over all things ".
[Al-Qur’an 33:52]
This verse clearly gives
Prophet Muhammad (pbuh) the permission to keep all his previous wives but
prohibits him to marry any more women except those which his right hand
possessed i.e. slave girls.
The Prophet (pbuh) was
allowed to keep all his previous wives because no one was allowed to marry the
Prophet’s wives (ra) after they were divorced or widowed as they were
ummul-momineen (mother of the believers)
People falsely accuse
the Prophet (pbuh) of being hypersexual, because he had eleven wives. If you
read the life history of the Prophet (pbuh), only two of his marriages one with
Khadija (ra), and the other, with Ayesha (ra) were marriages in the normal
course. All his other marriages were contracted as a necessity and were based
on various considerations.
The first marriage of
the Prophet (pbuh) took place when he was 25 years of age and he married
Khadija (ra) who was twice widowed, and was 40 years old. If the Prophet (pbuh)
was hypersexual, why would he marry a woman who was 15 years older than him and
already twice widowed?
Until his first wife,
Khadija (ra) was alive, he never took a second wife. Khadija (ra) expired when
the Prophet (pbuh) was 50 years age and only after this, did he marry the
others. If he married eleven wives for sexual reasons, he should have had
multiple wives during his youth. Contrary to this, history tells us that all
his marriages with his remaining ten wives took place when he was between the
age of 53 and 59 years.
All his wives (ra) were
between the age of 36 to 50 years, except for two wives (ra). His reputation
had spread far and wide, not only in Arabia, but also in the neighboring
countries. Could he not have easily got younger and lovelier girls to marry?
Most of his marriages were for political gain and for the spread of Islaam.
In Arabia, no one could
carry on the work of reform and upliftment unless he belonged to, or was
related to some specific and respectable tribe. Thus, in the interest of his
mission, the Prophet (pbuh) needed inter-tribal relationships. He wanted to
weld the quarreling tribal and clannish factions into one Muslim ummah, as
brethren in faith (Ikhwan fi’d-din).
For instance, his wife
Juwayreeyah (ra) belonged to the Banu Mustaliq clan, which was very powerful.
The entire clan was a bitter enemy of Islam from the start, and they were
finally suppressed by military action. When the Prophet (pbuh) married
Juwayreeyah (ra), the Muslims released all their prisoners, saying that they
could not keep the prophet’s relatives in bondage. It was due to this marriage
that the whole clan of Banu Mustaliq accepted Islam and became peaceful and
obedient to the laws of the new Islaamic state.
Maymunah (ra) also came
from a very powerful and recalcitrant clan from Najd and was the sister of the
wife of the chief of the clan in those days. It was this clan which had
brutally murdered seventy members of an Islaamic missionary deputation. The
Prophet’s (pbuh) marriage with Maymunah (ra) changed the whole atmosphere and
Najd accepted Madinah’s authority under the leadership of the Prophet (pbuh).
Umm Habibah (ra) was the
daughter of the Quraysh chief, Abu Sufyan. It was after the Prophet’s (pbuh)
marriage to Umm Habibah, that Abu Sufyan never fought against the Prophet
(pbuh). This marriage was largely responsible for the conquest of Makkah.
Furthermore, Umm Habibah was first married to a certain Ubaydullah and
emigrated with him to Abyssinia, where Ubaydullah became a Christian and a
drunkard. Excessive consumption of wine killed him since it was a double shock
to her that her husband had become a Christian and later died, she was badly in
need of solace.
Safiyyah (ra) was the
daughter of a very prominent Jewish chief, Huyyah ibn Aktab. In consideration
of her family status, she could not be merged into an ordinary household. So
the Prophet (pbuh) himself married her. After this marriage, the Jews did not
dare to revive their opposition to the Prophet (pbuh) and his mission.
In the case of Hafsah
(ra), it was the Prophet’s (pbuh) desire to bind in relationship with those of
his great companions (sahabah) who were his advisers and who were trained for
future leadership. He had married Abu Bakr’s (ra) daughter, married two of his
own daughters to Uthman (ra) and one to ‘Ali (ra). ‘Umar (ra) could not be kept
outside this wide circle of relationship. By marrying Umar’s daughter Hafsah
(ra), the Prophet (pbuh) forged a strong bond of relationship within the
Islamic movement thus strengthening the pillars of the ummah.
The Prophet (pbuh) had
married his first cousin, Zaynab (ra), to his freed slave, Zayd ibn Haritha
(ra), whom he had adopted as his son. This marriage of Zaynab (ra) with Zayd
(ra) was intended to break the family and social barriers, but the marriage did
not prove to be successful and ended in divorce. When the Prophet (pbuh) saw
that Zaynab (ra) was left alone, he felt his responsibility in the matter. He
also had to break another convention, according to which an adopted son became
a real son. This difficult problem was solved by the Prophet’s (pbuh) marriage
to Zaynab (ra) (as mentioned in the Qur’an, in Surah Ahzab, chapter no 33 verse
37) to annul that pre-Islamic conception and promulgate an Islamic law instead.
Another lady Zaynab
(ra), Umm al Masakin (mother of the poor and helpless), daughter of Khuzayma
ibn Al-Haith, belonged to the Hawazin clan. Her husband was killed in the
battle of Uhud. To rescue her from widowhood, the Prophet (pbuh) took her as
his wife.
After the revelation of
the verse in Surah Ahzab, chapter 33 verse 52, the Prophet (pbuh) only married
Mary the Copt who was a slave girl sent as a present by the Christian Muqauqas
of Egypt. Since the Christian Chieftain of Egypt sent Prophet Muhammad (pbuh) a
slave girl as a present, he could not refuse this gift as a refusal would have
disturbed the political alliance. He could not keep her as a slave girl, since
Prophet Muhammad (pbuh) preached that slaves should be freed. The only option
left with him was to marry her, since the Qur’an gave him the permission to do
so. Later on she became the mother of Ibrahim (ra) who died in his infancy.
ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު
ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު
އިންސާނާގެ ޙަޔާތުގެ ކޮންމެ ކަމަކީވެސް ކުރެވޭ
މުޢާމަލާތް ތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މުޢާމަލާތަކީ އުނގެނުމާއި
އުނގަންނައި ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ކުލާހުގައި
ދަރިވަރުން އުނގެނޭ ހުރިހާ އެއްޗެއްވެސް އުނގެނެނީ މުޢާމަލާތު ކުރުމުގެ
ތެރެއިންނެވެ. އެހެން ކަމުން އެފަދަ މުޢާމަލާތަކީ ވަރަށް ވިސްނުންތެރިކަމާއި އެކު
ކުރަންޖެހޭ ކަމެކެވެ. ރަނގަޅު މުޢާމަލާތެއް ކުރުމަށްޓަކައި ދަރިވަރުންނާއި
މުދައްރިސާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަންޖެހެއެވެ. ހަމަ އެއާއި އކު ކުރެވޭ
މުޢާމަލާތަކީ ދަރިވަރުންގެ އުނގެނުން ފަހިވާފަދަ މުޢާމަލާތަކަށް ވާންޖެހެއެވެ.
މުދައްރިސް ދަރިވަރުންނާއި ވާހަކަ ދައްކާ ދަރިވަރުން ވެސް މުދައްރިސާއި ވާހަކަ
ދެއްކުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. މުދައްރިސް ދަރިވަރުންނާއި ކުރާ މުޢާމަލާތް
ވާންޖެހޭނީ ދަރިވަރުން ޝަޢުޤްވެރި ވާފަދަ ކަމަކަށެވެ. އެއްވެސް ދަރިވަރަކަށް އިހާނެތި
ކަމެއްގެ ގޮތުގައި ފާހަގަ ނުކުރެވޭ ގޮތަށް ވިސްނުން ބެހެއްޓުން ވަރަށް މުހިންމެވެ.
ހަމަ އެހެންމެ މުދައްރިސް ދަރިވަރުންނާއި ކުރާ މުޢާމަލާތް ވާންޖެހޭނީ ސާފު
ދަރިވަރުންނަށް އޮޅުންނާރާފަދަ މުޢާމަލާތަކަށެވެ.
ކުލާސް ރޫމްގައި ކުރެވޭ މުޢާމަލާތަކީ
ދަރިވަރުން އުނގެނުމަށް އެހާމެބޮޑު އަސަރެއް ކުރާކަމަކަށް ވާއިރު، ކުލާސް ރޫމްގައި
ކުރެވޭ މުޢާމަލާތަކީ ދަރިވަރުންނާއި، ދަރިވަރުންނާ ކުރެވޭ މުޢާމަލާތަކަށްވެސް
ވާންޖެހެއެވެ. މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމުގައި ހަމައެކަނި ގިނައިން
ވާހަކަ ދައްކަނީ މުދައްރިސް ކަމުގައި ވީނަމަވެސް ދަރިވަރަށް އިސްކަންދޭ ކިޔަވައި
ދިނުމުގައި ހުރިހާ ކުދިންނަށް ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބެއެވެ. މިއަދު
ދަރިވަރަށް އިސްކަންދޭ ކިޔަވައިދިނުމަށް ކިޔަވައި ދިނުމުގެ ވައްޓަފާޅި
ބަދަލުވަމުން ދާ ދިއުމަކީ، ކުލާސް ރޫމްގައި ދަރިވަރުންނާއި މުދައްރިސުން އަދި
ދަރިވަރުންނާއި ދަރިވަރުން މުޢާމަލާތު ކުރުމުގެ މުހިންމުކަން ހާމަ ކޮށްދޭ އަލިގަދަ
ހެއްކެކެވެ. ކުލާސް ރޫމްގައި ދަރިވަރުން އުނގެނޭ އެއްޗެއް އެންމެ ރަނގަޅަށް
އުނގެނި ދަސްކުރަނީ ކުލާހުގައި އެއްކުއްޖަކު އަނެއްކުއްޖަކާއި ކުރާ މުޢާމަލާތް
ތަކުގެ ތެރެއިންނެވެ. އެހެންކަމުން ދަރިވަރުންނަށް އެއްކުއްޖަކު އަނެއް ކުއްޖަކާ
މުޢާމަލާތު ކުރުވޭފަދަ، ކޯޕަރޭޓިވް ލާރނިންގެ އުނގެނުމުގެ ޙަރަކާތް ތައް
ގެންދިއުމަކީ ދަރިވަރުންނަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބި ދަރިވަރުންގެ
އުނގެނުން ފަހިވާނެކަމެކެވެ.
އުނގަންނައި ދިނުމުގެ މާހައުލުގައި ދަރިވަރާއި
މުދައްރިސާއި ދެމެދު އޮންނަ ގުޅުން ބަދަހިވުމަކީ ވަރަށްވެސް މުހިނަމު ގުޅުމެކެވެ.
ދަރިވަރާއި މުދައްރިސާއި ދެމެދު އޮންނަ ރަނގަޅު އަދި ދިގުދެމިވެންވާ ގުޅުމުގެ
ސަބަބުން އުނގެނުމާއި އިޖްތިމާޢީ ގުޅުންތައް ތަރައްޤީވެއެވެ (ސާރާ.އާރު، ތ.ނ). މުދައްރިސާއި
ދަރިވަރުންނާ މެދު އުފެދިފައިވާ ގާތްގުޅުމާއި އެކު ދަރިވަރުންނަށް ދެވޭ
އެހީތެރިކަމުގެ ސަބަބުން ދަރިވަރުން ރަނގަޅު ކާމީޔާބީ ތަކެއް ހޯދައެވެ.
މުދައްރިސައި ދަރިވަރުންނާއި ދެމެދު އުފެދޭ މިދެންނެވި ފަދަ ގާތް ގުޅުމުގެ
ސަބަބުން ދަރިވަރުންނަށް މުދައްރިސާމެދު ގާތް ރަޙްމަތްތެރިއެއް ފަދަ އިޙްސާސް
ކުރެވެއެވެ. އެހެން ކަމުން މުދައްރިސާ އެކު ކުރެވޭ މުޢާމަލާތްތައް ގިނަވެ،
ދަރިވަރުންނަށް ތަރުހީބު ދެވި މަގު ދައްކާދެވެއެވެ. ހަމައެއާއި އެކު ދަރިވަރުންގެ
އަޚްލާޤީ މައްސަލަތައް މަދުވެ ކުލާހުގައި ޙަޤީޤީ އުނގެނުމުގެ ވެއްޓެއް އުފެދިގެން
ދެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ މެދުގައިވެސް ގުޅުން ބަދަހިވެ
ދަރިވަރުންގެ މެދުގައި އެހީތެރިވުމާއި އެހީތެރިކަން ހޯދުމުގެ ރޫޙް އުފެދިގެން
ދެއެވެ. އެހެންކަމުން ރަނގަޅު ނަތީޖާ ހޯދުމުގެ ޝަޢުޤްވެރިކަން އުފެދި ކިޔެވުމަށް
ގިނަގުނަ މަސައްކަތްތަކެއް ކުރަންފަށައެވެ.
ދަރިވަރުންނަކީ މުޖައމަޢުގެ ތަފާތު
ޢާއިލާތަކުން އައިސްފައިވާ ކުދިންނެވެ. މިކުދިންގެ ތެރޭގައި ނުހަނު ބޮޑަށް
އަޅާލުމާއި ލޯތްބައް ބޭނުންވެފައިވާ ކުދިން ތިބޭނެއެވެ. އަޅާލުމާއި ލޯތްބަކީ
ދަރިވަރުން އުނގެނުމަށް ވަރަށް މުހިންމު ކަމަކަށްވާއިރު، އެފަދަ އަޅާލުމާއި ލޯބި ނުލިބޭ
އެތައް ދަރިވަރުންނެއް ސްކޫލްތަކުގައި ކިޔަވަމުން ދެއެވެ. މިފަދަ ދަރިވަރުންނަކީ
ސްކޫލަށް އައި ކަމުގައި
ވިޔަސް ކިޔެވުމުގައި ދަތިތަކާއި ކުރިމަތިލާން
ޖެހިފައިވާ ކުދިންނެވެ. ބައެއް ދަރިވަރުންނަކީ އެދަރިވަރުންގެ ޢާއިލާގެ ތެރެއިން
ނުލިބުނު އަޅާލުމާއި ލޯބި މުދައްރިސުންގެ ފަރާތުން ނުވަތަ ކުލާހުގެ އެހެން
ދަރިވަރުންގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރާ ދަރިވަރުންނެވެ. އެފަދަ
ދަނޑިވަޅުތަކުގައި މުދައްރިސްގެ އަޅާލުން ނުލިބިއްޖެނަމަ ސަމާލުކަން
ހޯދުމަށްޓަކައި އެފަދަ ދަރިވަރުން ކުރާކަންތައްތަކަކީ ކުލާސް ހަލަބޮލި ކުރުމާއި
އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ކަންތައްތަކެވެ. އެކަމުގެ ސަބަބުން އެފަދަ
ދަރިވަރުންނަށާއި ކުލާހުގެ އެހެންވެސް ދަރިވަރުންނަށް އުނގެނުމުގައި ދަތިތަކާއި
ކުރިމަތިލާން ޖެހެއެވެ. އަނެއްބައި ކުދިންނަކީ އަޅާލުމާއި ލޯތްބައް ބޭނުންވި
ނަމަވެސް މަޑުމައިތިރިކަމާއި އެކު ކުލާހުގައި ތިބޭ ކުދިންނެވެ. މިފަދަ ދަރިވަރުން
ފަރާތުން ކިޔަވައި ދިނުމުގައި ދަތި ތަކާއި ކުރިމަތިލާން ނުޖެހުނުކަމުގައި ވިޔަސް
އެފަދަ ދަރިވަރުން ތިބޭނީ ފިލާވަޅަށް ސަމާލުކަން ނުދީ ކޮންމެވެސް ޚިޔާލެއްގެ
ތެރެއަށް ގެއްލިފައެވެ. މިހުހާ ސަބަބު ތަކަކަށްޓަކައިވެސް މުދައްރިސާއި
ދަރިވަރުންގެ ގުޅުން ގާއިމްކޮށް ދަމަހައްޓަން ޖެހެއެވެ.
އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާއިން
އެންމެ ގިނައިން އަޑުއިވޭ އެއް ބަހަކީ އޮޅުންފިލުވައި ދިނުމެވެ. މިދާއިރާގައި
މިބަސް އެހާ މުހިންމު ބަހަކަށް ވަނީ ކީއްވެހެއްޔެވެ؟ ސާފުކޮށް އޮޅުންފިލާހެން
ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އޮޅުންފިލުވައި ދިނުމަކީ ބަހާއި ޢަމަލުން މީހަކަށް
ނުވަތަ ބަޔަކަށް ކަމެއް ނުވަތަ އެއްޗެއް އަންގައި ދިނުމެވެ. ސާފުކޮށް
އޮޅުންފިލާހެން ބުނެދިނުމަކީ ފިލާވަޅުގައި
ބުނާއެއްޗެއް އެންމެ ބޮޑަށް ދަރިވަރުން އެނގިގެންދާ އެއްކަންތަކެވެ. އެހެންކަމުން
އޮޅުންފިލުވައި ދިނުމަކީ އުނގަންނައިދިނުމުގެ އެއް ބަހާއެވެ. މީހަކަށް ނުވަތަ
ބަޔަކަށް އުނގަންނައިދޭނަމަ ސާފުކޮށް އޮޅުންފިލާހެން ބުނެދޭން ޖެހެއެވެ. މުދައްރިސް
އޮޅުން ފިލުވައިދޭ އެއްޗެއް ސާފުވި ވަރަކަށް ދަރިވަރުންނަށް އެނގެމުން ދެއެވެ.
ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަކީވެސް ރަނގަޅަށް އެގިގެން ދަސްކޮށްގެން
ކުރެވޭނެކަމެކެވެ. އެހެން ކަމުން ސާފުކޮށް އޮޅުންފިލުވައި ދިނުމަށްޓަކައި އެކަމުގެ
ހުނަރު ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ސާފުކޮށް އޮޅުންފިލާހެން
ބުނެދިނުމަށްޓަކައި ބަހުގެ ހުނަރުތައް ދެނެގަންނަން ޖެހެއެވެ. އެގޮތުން ރަނގަޅު
ބަސްކޮށާރެއް ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއި އެކު އޮޅުން
ފިލުވާދޭ ބައެއްގެ ފެންވަރާއި އެއްވަރުގެ ބަސްކޮށާރެއް ބޭނުންކުރުމަކީވެސް ސާފުކޮށް
އޮޅުންފިލާހެން ބުނެދިނުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ. ހަމައެގޮތަށް
އަޑުގެ ސާފުކަމާއި ވާހަކަ ދެއްކުމުގެ އަވަސް ލަސް ކަމަކީވެސް ސާފުކޮށް އޮޅުން
ފިލުވައި ދިނުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމުގައި ތަފާތު
ގޮތްތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން، އޮޅުފިލުވައި ދިނުމުގައި މިސާލު
ދެއްކިދާނެއެވެ. މިސާލު ދެއްކުމަކީ ބުނާއެއްޗެއް އިތުރަށް ވަރުގަދަ ކުރުމަށް
ދައްކާ ހެއްކެކެވެ. މިގޮތަށް މިސާލު ދައްކާއިރު ދަރިވަރުންގެ އަމިއްލަ
ދިރިއުޅުމާއި ގުޅޭ މިސާލު ދެއްކުމަކީ އޮޅުން ފިލުވައިދޭ އެއްޗަކަށް ދަރިވަރުންގެ
ސަމާލުކަށް އިތުރަށް ލިބި ފަލާވަޅުގައި ޝަޢުޤްވެރިކަމާއި އެކު އިތުރަށް ބައިވެރި
ވާނެއެވެ. އަދި އެފަދަ މިސާލުތަކަކީ ދަރިވަރުން އެކަންކަމާއިމެދު މަޝްވާރާކުރުމަށް
ނުވަތަ އިތުރަށް ބަހުސްކުރުމަށް ބޭނުންވާނެ ކަމެކެވެ. މިފަދަ މަޝްވާރާތަކާއި
ބަހުސްތަކުގެ ތެރެއިން ދަރިވަރުން އުނގެނި ދަސްކުރެއެވެ. ސާފުކޮށް
އޮޅުންފިލާނެހެން ބުނެދިނުމަކީ ހަމައެކަނި އަނގަބަހުން ދައްކާ ވާހަކަ ތަކަކުން
ކުރާކަމެއް ނޫނެވެ. ވިޝުއަލް އެޑްސް ފަދަ އުނގެނުމުގެ އެހީ ބޭނުންކޮށްގެންވެސް ބުނެދެވެއެވެ.
ތައްޔާރު ކޮށްފައިވާ އުނގެނުމުގެ އެހީ ބޭނުންކޮށްގެން ބުނެދިނުމަކީ ދަރިވަރުން
ވަރަށް ޝަޢުޤްވެރި ކަމާއި އެކު އުނގެނުމުގެ ޙަރަކާތް ތަކުގައި ބައިވެރިވާ
ކަމެކެވެ. ޖުމްލަގޮތެއްގައި ދަންނަވާނަމަ ދެންނެވޭނީ ސާފުކޮށް އޮޅުންފިލާހެން
ބުނެދިނުމަކީ ދަރިވަރުންނަށ އޭގެ ރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާކަމެކެވެ. އަދި
ހަމަ އެއާއި އެކު އޮޅުންފިލުވައި ދިނުމުގައި ފަރުވާކުޑަ ކޮށްލެވިއްޖެ ނަމަ އޭގެ
ނޭދެވޭ އަސަރުވެސް ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރެއެވެ.
Subscribe to:
Posts (Atom)