Wednesday, May 6, 2015

ކޯޕަރޭޓިވް ލާނިންގެ ބައެއް މެތަޑްތައް

ކޯޕަރޭޓިވް ލާރނިންގެ ބައެއް މެތަޑްތައް
  ކޯޕަރޭޓިވް ލާރނިންގ އާއި ބެހޭގޮތުން މިފަދަ މަޒުމޫނެއް ލިޔާއިރު، ކޯޕަރޭޓިވް ލާރނިންގެ މެތަޑްތައް ނުވަތަ ސްޓްރެޓެޖީތައް ހިމެނުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އެފަދަ ބައެއް މެތަޑް މިތަނުގައި ހިމަނައިލީމެވެ.
ތިންކް-ޕެއަރ-ޝެއަރ:
މި މެތަޑަކީ ދަރިވަރުން ދެވިފައިވާ ސްވާލުތަކަށް މުޅި ކުލާހަށް ޖަވާބު ދިނުމުގެ ކުރިން ކުދިން އަމިއްލައަށް ނުވަތަ ކުދި ގްރޫޕް ތަކުގައި ވިސްނުމަށް ގެންދެވޭ ޙަރާކާތެކެވެ. މި މެތަޑްގައި ހަތަރު ފިޔަޅެއް އޮވެއެވެ. ފުރަތަމަ ފިޔަވަޅުގައި ދަރިވަރުން ހަތަރު ކުދިންގެ ގްރޫޕްގައި ތިބެ މުދައްރިސްގެ ސުވާލު އަޑުއަހާނީއެވެ. ދެވަނަ ފިޔަޅުގައި ކޮންމެ ކުއްޖަކުވެސް އެ ސުވާލާމެދު ވިސްނައި ޖަވާބު ލިޔުމަށް ވަގުތު ކޮޅެއްދޭނީއެވެ. ތިންވަނައަށް، ދަރިވަރުން ލިޔުނު ޖަވާބުތައް ދެކުދިންގެ ގްރޫޕްތަކުގައި ކިޔައި އެއާއިމެދު މަޝްވަރާ ކުރާނީއެވެ. ހަތަރުވަނަ ފިޔަވޅުގައި ދެތިން ކުދިން މުދައްރިސްކައިރިއަށް ގެނެސް އެދަރިވަރުންގެ ޙިޔާލުތަކާއި ވިސްނުންތައް ކުލާހާ ޙިއްޞާ ކުރާނީއެވެ.
ތްރީ-ސްޓެޕް އިންޓަވިއު:
މި މެތަޑަކީ ވަކި ޚާއްޞަ ރަނގަޅު ޖަވާބެއް ނެތް މައްސަލަތައް ހައްލުކުމުގައި ބޭނުންކުރަން ވަރަށް މުހިންމު މެތަޑެކެވެ. މައްސަލަ ހައްލުކުރުމުގެ ތިން ފިޔަވަޅެއް މި މެތަޑްގައި ވެއެވެ. ފުރަތަމަ ފިޔަވަޅުގައި، ތަފާތު ޙިޔާލުތައް ހިމެނޭ އަދި ތަފާތު ސްވާލުތައް އުފެދޭ މައްސަލައެއް މުދައްރިސް ކުލާހަށް ހުށަހަޅާނީއެވެ. ދެވަނަ ފިޔަވަޅުގައި ދެކުދިންގެ ގްރޫޕް ތަކުގައި އިންޓަވިއު ކުރާނީއެވެ. ތިންވަނަ ފިޔަވަޅުގައި، ފުރަތަމަ އިންޓަވިއު ނިމުމުން އިންޓަވިއު ކުރާކުއްޖާއާއި އިންޓަވިއު ކުރެވޭ ކުއްޖާ ބަދަލުކޮށްލާނީއެވެ. ދެކުދިންގެ އިންޓަވިއު ނިމުމުން ކޮންމެ ދެކުއްޖެއްގެ އިންޓަވިއު ކުލާހަށް ހުށަހަޅާނީއެވެ. ހުރިހާ އިންޓަވިއުތަކެއް ނިމުމުން އިންޓަވިއުގެ ނަތީޖާގެ މައްޗަށ ބިނާކޮށް ކުލާހުން ސަމަރީ ރިޕޯޓެއް ލިޔާނީއެވެ.
ރައުންޑް ޓޭބަލް ނުވަތަ ރެލީ ޓޭބަލް:
ރައުންޑް ޓޭބަލަ ނުވަތަ ރެލީ ޓޭބަލް އަކީ، ކޮންޓެންޓްގެ ވަރަށް ބޮޑުބައި ކަވަރކުރެވޭ، ޓީމް ރޫހް އާލާވާ އަދި ލިޔުމުގެ ފުރުޞަތު ލިބޭ ކޯޕަރޭޓިވް ލާރނިންގެ އަސާސީ އޮނިގަނޑެކެވެ. މި މެތަޑަކީވެސް ތިން ފިޔަޅެއްގެ މައްޗަށް ބިނާވެފައިވާ މެތަޑެކެވެ. ފުރަތަމަ ފިޔަވަޅުގައި މުދައްރިސް ތަފާތު ގިނަ ޖަވާބުތަކެއް އެކުލެވޭ ސުވާލެއް ހުށަޅާނީއެވެ. ދެވަނަ ފިޔަވަޅުގައި، ކޮންމެ ގްރޫޕެއްގެ ވެސް ފުރަތަމަ ދަރިވަރު ޖަވާބު ލިޔެ ކައުންޓަރ ކްލޮކްވައިސް އަށް ވާގޮތަށް ޕާސް ކުރާނީއެވެ. ތިންވަނަ ފިޔަވަޅުގައި އެންމެ ގިނަ ޖަވާބު ރަނގަޅު ކުރި ގުރޫޕް ފާހަގަ ކުރަނީއެވެ.
ގްރޫޕް އިންވެސްޓިގޭޝަން:
ގްރޫޕް އިންވެސްޓިގޭޝަން މެތަޑް ތައްޔާރުކުރެވިފައިވަނީ، ވަޒަންކުރުމާއި ތަޙްލީލް ކުރުންފަދަ މަތީ ދަރައިގެ ވިސްނުމުގެ ހުނަރަށް މަގުފަހި ކުރުމަށްޓަކައެވެ. މިމެތަޑްގައި ދަރިވަރުން ކުރާނީ ގްރޫޕް ޕްރޮޖެކްޓްފަދަ އެއްޗެހި ތައްޔާރުކުރުމެވެ.
ސްޓޫޑެންޓް ޓީމުސް-އެޗީވްމެންޓް ޑިވިޝަންސް: (STAD)
މި މެތަޑް ބޭނުން ކުރެވޭނީ ގްރޭޑް 2 އިން ގްރޭޑް 12 އަށެވެ. އުނގެނުމުގެ ތަފާތު އެބިލިޓީގެ ދަރިވަރުންގެ 4 ނުވަތަ 5 ދަރިވަރުންގެ ޓީމް ތަކެއް ހަދައި މުދައްރިސް ކިވައިދެއްވާފައިވާ ތަކެތި އެއްކުއްޖަކު އަނެއްކުއްޖައްކަށް އޮޅުންފިލުވައިދެވެއެވެ. އެއަށްފަހު ވަކި ވަކިން ދަރިވަރުން ޓެސްޓް ކުރެވެއެވެ. ދަރިވަރުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ކޮންމެ ޓީމަކަށްވެސް ސެޓިފިކެޓެއް ދެވެއެވެ.
ޖިގްސޯ II
މި މެތަޑް ބޭނުންކުރެވެނީ މުދައްރިސް ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު، ގްރޭޑް 3 އިން 12 އަށް ކިޔަވައި ދިނުމަށެވެ. ޓީމްގެ ކޮންމެ މެންބަރަކުވެސް ފިލާވަޅުގެ ސުރުޙީއިން ބައެއް ދަސްކުރުމުގެ މަސްޢޫލިއްޔަތު އުފުލަން ޖެހެއެވެ. ދަރިވަރުން އެކްސްޕާޓް ގްރޫޕްތަކަށް ގޮސް ދަސްކުރިއެއްޗެއް ހޯމް ގްރޫޕަށް އައިސް އެގްރޫޕްގެ ކުދިންނަށް ކިޔައިދޭންޖެހެއެވެ.
ރައުންޑް ރޮބިން ބްރެއިން ސްޓޯމިންގ ނުވަތަ ރެލީ ރޮބިން:
މި މެތަޑްގައި ކުލާސް 4 ކުދިންގެ ނުވަތަ 6 ކުދިންގެ ގްރޫޕްތަކަކަށް ބަހާލައި ކޮންމެ ގްރޫޕަކަށްވެސް ރެކޯޑަރ އެއް އައްޔަން ކުރެވެއެވެ. ވަރަށް ގިނަ ދެވިދާނެ ޖަވާބުތަކަކާއެ މުދައްރިސް ސުވާލެއް ހުށަހަޅައެވެ. އަދި ދަރިވަރުން ވިސްނުމަށްޓަކައި ވަގުތު ދެވެއެވެ. ވިސްނުމުގެ ވަގުތައްފަހު ޓީމް މެންބަރުން ޖަވާބުތައް ހިއްސާކުރެއެވެ. ޓީމްގެ ހުރިހާ މެންބަރުންގެ ޖަވާބުތައް ރިކޯޑަރ ލިޔަމުންގެންދެއެވެ. ރިކޯޑަރ އާއި ޖެހިގެން ކްލޮކްވައިސް ކޮށް އިންނަކުއްޖާ ޖަވާބު ދިނުމުން ރިކޯޑަރ ލިޔަމުން ގެންދެއެވެ. މި މެތަޑާއި ރައުންޑް ޓޭބަލް މެތަޑް ވަރަށް އެއްގޮތެވެ. ނަމަވެސް މި މެތަޑްގެ ތަފާތަކީ މިމެތަޑްގައި ހުރިހާއެއްޗެއްވެސް ލިޔަނީ އެއްކުއްޖަކަށް ވާކަމެވެ.
ތްރީ މިނެޓް ރިވިއު:
މި މެތަޑްގައި މުދައްރިސް ލެކްޗަރ ނުވަތަ މަޝްވަރާ މެދު ކަނޑާލުމަށްފަހު ގްރޫޕްގައި ރިވިއު ކުރުމަށްޓަކައި ތިން މިނެޓްގެ ވަގުތު ކޮޅެއްދެވެއެވެ. ނޭނގޭ އެއްޗެއް އޮތްނަމަ ގްރޫޕްގެ އެހެން ކުދިން ގާތުން އޮޅުންފިލުވައެވެ. އަދި އެހެން ކުދިންގެ ސުވާލުތަކަށް ޖަވާބު ދެއެވެ. 

No comments:

Post a Comment